ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް! ޒިންމާ ނަގާނީ ކާކު؟

ކޮވިޑް19ގެ ހާލަތު ބަޔާންކުރައްވައި ޑރ.ޝީނާ މޫސާ ތައްޔާރުކުރެއްވި ބަލިޖެހޭމީހުންގެ ކުރިއަށް ލަފާކުރާ އަދަދުތަކައްވުރެ ބަލިޖެހޭމީހުންގެ އަދަދު މީގެ އެއްއަހަރު ކުރިން ފެންނަމުން ދިޔައީ މަދުންނެވެ. ލޮކްޑައުން އާއި ހުރެ އަދަދުތައް ތިރިވިނަމަވެސް އެއިރުވެސް ބައެއް ޑޮކްޓަރުން ލަފާދެއްވަމުން ދިޔައީ ފިޔަވަޅުތައް ލުއިނުކޮށް ކުރިއަށްދިއުމަށެވެ. އެހެންނަމަވެސް ވަކި ހިސާބަކުން ފެނުނީ ސަރުކާރުން ވަރަށްބޮޑަށް ދޫދިން މަންޒަރެވެ. ކަރަންޓީންނުވެ ވަކި ބޭނުންތަކަކަށް ރަށްރަށަށް ދެވޭނެގޮތަށް ހުއްދަދީ، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ޕޮޒިޓިވްވެފައިތިބި މީހުންނަށް އަމިއްލައަށް ގޮސް ވޯޓުދެވޭނެގޮތް ހަމަޖެއްސުން […]
ކަރަންފޫ ހަދަނީ އަދި އެންމެ ފުރަތަމަ ބޭނުންކުރެވުނީ ކިހިނެއް؟

ކަރަންފޫ އެންމެ ފުރަތަމަ ބޭނުންކުރެވިފައިވަނީ 1720ވަނަ އަހަރު ސީރިއާގެ ތަރްގާގައި ޗައިނާގެ އެމްޕަޔަރުން އުޅުނުއިރު އަގައިން ދުވާ ވަސްކެނޑުވުމަށް 'މައުތް ރިފްރެޝްނަރ'އެއްގެ ގޮތުގައިކަމަށް ދިރާސާތަކުން ދައްކައެވެ. އެއަށްފަހު މިސްރުގެ ބައެއް ހިސާބުތަކުގައިވެސް ކަރަންފޫ ބޭނުންކުރެވެން ފެށިއެވެ. އޯމާނުގެ ކަނޑުދަތުރުކުރާ ބޯޓުތަކުގައި އިންޑިއާ އަދި އެފްރިކާގެ ޤައުމުތަކަށް ކަރަންފޫ އިމްޕޯރޓް ކުރެވެންފެށިއެވެ. ދުނިޔޭގައި ހުރި އެންމެގިނަ ދުވަސްވީ ކަރަންފޫ ގަހަށް 350 ނުވަތަ 400 އަހަރު ވެދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. "އާފޯ"ގެ ނަމުން ނަންދެވިފައިވާ މިގަސް ހުންނަނީ […]