ފަލަސްތީނުގެ ބިން މުޤައްދަސް ބިމަކަށްވީ މިސަބަބުތަކަށްޓަކައި!

ފަލަސްތީނާއި އަލްޤުދުސް މައްސަލައަކީ މުޅި އިސްލާމީ އުއްމަތުގެ މައްސަލައެކެވެ. އަލްމަސްޖިދުލް އަޤްސާ ބިނާކުރެވުނީ އާދަމު ޢަލައިހިއްސަލާމްގެ ޒަމާނުގައެވެ. އަދި އަލްމަސްޖިދުލް ޙަރާމް ބިނާކުރުމާ އަލްމަސްޖިދުލް އަޤްސާ ބިނާކުރުމާ ދެމެދުގައި ފާއިތުވެފައިވަނީ 40 އަހަރެވެ. ޢިބްރާހީމްގެފާނާއި ލޫތުގެފާނު ފަލަސްތީނުގައި ﷲގެ ދީނަށް ގޮވާލައްވައި ތައުހީދުގެ ދިދަ އުފުއްލެވިއެވެ. ޢިބްރާހީމްގެފާނުގެ ދެ ދަރިކަލުން އިސްމާޢީލްގެފާނާއި އިސްޙާޤުގެފާނު އުފަންވެ ވަޑައިގަތީ މިބިމުގައެވެ. ޔައުޤޫބުގެފާނާއި ޔޫސުފުގެފާނު ދުނިޔެއަށް ވަޑައިގަތީވެސް ހަމަ މިބިމުގައެވެ. އަދި ދާވޫދުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނު އިލާހީ މަންހަޖުގެ މަތީގައި، […]