ބިރުވެރި ހާދިސާ: އިރުމަތިން ފެނުނު އަލިގުޅަ އާއި ކުރިމަތިލުމުން ވީގޮތް!

"އަހަރެން އަބަދުވެސް އުޅޭހިތްވަނީ އެކިމީހުންނަށް އެކިވައްތަރުގެ މަސައްކަތް ކޮއްދީގެންނެވެ. އެގޮތުން ކަނޑުހުޅުދޫ އާބަކުރު އަހަންނާއި ހަވާލުކުރި މަސައްކަތެއް ކުރުމަށްޓަކާއި މާވާރުލުގައި އަހަރެން އެތަކެއް އަހަރު އުޅެންޖެހުނެވެ. އެ ރަށުގައި އަހަރެން ކުރަންޖެހުނު މަސައްކަތަކީ ދަނޑުވެރިކަމެވެ. އެ ރަށަކީ އާދައިގެ ރަށަކަށްވުރެ ބޮޑުވެފައި ޖަންގަލީ ބޮޑު ރަށެކެވެ. އަހަންނާއެކު ހަތަރު މީހުން އާބަކުރު އެ ރަށަށް ފޮނުވިއެވެ. އަދި ކެއްކުމަށްޓަކައި އިތުރު އަންހެނަކުވެސް ފޮނުވިއެވެ." އިސްމާޢީލްފުތާ ކިޔާދިނެވެ. އަހަރެމެންގެ ހަތަރު މީހުން މަސައްކަތްކޮށްގެން ދަނޑުތަކުގައި ގޮވާމު ކުރަންފެށުނީ އޭގެ […]