އެކްސިޑެންޓެއްގައި މެންބަރު އާމިރަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައި!

ސިނަމާލެ ބްރިޖުގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރަށް ވަނީ ވަރަށްބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. ޒީޓައިމްސް އަށް މަޢުލޫމާތު ދެއްވަމުން އާމިރު ވިދާޅުވީ މި އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 4:45 ހާއިރު ކަމަށެވެ. " އަޅުގަނޑު ދިޔައީ މާލެއިން އެއާޕޯޓަށް ދާންވެގެން. ބައްޕަމެން ރަށަށް ފުރުވަންވެގެން، 5:30 ގައި ފްލައިޓް އޮތީމަ އެއަށްވުރެ ކުރިން ޗެކިންގ ކުރަންވެގެން އަޅުގަނޑު ދިޔައީ. ތަންކޮޅެއް ބާރަށް ދެވުނީ. ދަނިކޮށް ސައިކަލުގެ […]
ފޮޓޯ: ހުޅުމާލެ، ސާފު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް!

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި ކުނިފުނިތައް ނެގުމުގެ މަސައްކަތް މިއަދުވަނީ ކުރިއަށް ގެންގޮސްފައެވެ. މި މަސައްކަތް ކުރިއަށް ގެންދިޔައީ އެޗް.ޑީ.ސީ އާއި ގުޅިގެން މާލެސިޓީ ކައުންސިލްގެ މެންބަރު އިބްރާހީމް ޝުޖާޢުގެ ބެއްލެވުމުގެ ދަށުންނެވެ.
ކުދި ވިޔަފާރިތައް ހުއްޓުމަކަށް، އެހީތެރިކަން ފޯރުކޮށްދީ!

ވެރިރަށް މާލެއަކީ ޒަމާނުއްސުރެ ތަފާތު ވިޔަފާރިތައް ހިންގާ ވިޔަފާރިވެރިންގެ މައިރަށެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި އެންމެބޮޑު އަސަރެއްކުރި އެއްބަޔަކީ ވިޔަފާރިވެރިންނެވެ. މި ބަލިމަޑުކަމުގައި 2ވަނަ އަހަރެއް ގުނަމުންދާއިރު، ބޮޑުކުލި ދައްކައިގެން މާލޭގައި ހިންގަމުންދިޔަ ބައެއް ފިހާރަތައް މިހާރުވަނީ ބަންދުކުރަން ފަށައިފައެވެ. މާލޭގައި ގަސްވިއްކާ ބޮޑު ފިހާރައަކާއި އިތުރު ފިހާރައެއް ހިންގަމުންދާ މީހަކު ބުނީ އެ 2 ފިހާރަވެސް މިމަހުގެ ނިޔަލަށް ބަންދުކުރަން ނިންމާފައިވާކަމަށެވެ. ފުރަބަންދުގެ ސަބަބުން ވިޔަފާރި ކުރިއަށް ނުގެންދެވި ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ. " ހަވީރު […]