ސައީދު، ފިލްމީ ދާއިރާގައި އެހާ ކާމިޔާބު ހޯދީ ކިހިނެއް؟

ފަންނުވެރިންގެ ތެރެއިން ފިލްމީ ދާއިރާއިން ގެއްލިގެން ނުދާ މޫނުތަކުގެ ތެރެއިން، އަހްމަދު ސައީދަކީ މި ދާއިރާގައި 25ވަނަ އަހަރު ކަޑައްތު ކުރަމުން އަންނަ ހުނަރުވެރި ތަރިއެކެވެ. މި ތަރި ޤަބޫލުކުރާ ގޮތުގައި މިދާއިރާއިން ދެވޭނެ އެންމެ އުހަށް މިހާރު އާދެވިއްޖެއެވެ. ދެ ޤައުމީ އެވޯޑް ހާސިލް ކުރެވިއްޖެއެވެ. އެވޯޑަކަށްވުރެ ބޮޑަށް ބެލުންތެރިންގެ އިތުބާރާއި ލޯބި ހޯދައިފިއެވެ. ސައީދުގެ ހާއްސަ ކަމަކީ ކިތަންމެ އުހަކަށް ދެވުނަސް މިއީ ފެނި ގެއްލިދާ ތަރިއަކަށް ނުވުމެވެ. 25 އަހަރުވާއިރު މިދާއިރާގައި 'ކުނި […]