އަނެއްކާ ފުރަބަންދަކަށް، ދަރިފުޅު 24 ގަޑިއިރު ގޭގަ، ދެނޯ؟

ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ބަލިމަޑުކަމުން ސަލާމަތްވުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ގޭތެރޭގައި ގިނަދުވަސްތަކަކަށް ތިބެންޖެހުމުން މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއްބަޔަކަށްވާނީ ކުޑަކުދިންނޭ ބުނުމަކީ ދޮގަކަށް ނުވާނެ އެހެންނޫންތޯ؟ ކުޑަކުދިންނަށް ރައްކާތެރި، އުފާވެރި މާޙައުލަކަށް ގޭތެރެ ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ގޮތަށް ގޭތެރޭގެ ކަންކަން ރާވާ އންތިޒާމް ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ކުޑަކުދިން ތަރުބިއްޔަތުކުރުމުގެ އެންމެ […]
މާތްﷲ އަށް ވަކީލުކުރާ މީހަކު ރަމަލުޖެހުމާއި ފާލުބެލުންފަދަ ޝިރުކުގެ އަމަލުތަކުން ދުރުވާނެ!

ހައްޤުގޮތުގައި މާތްﷲ އަށް ވަކީލުކުރާ މީހަކު ރަމަލުޖެހުމާއި، ފާލުބެލުމާއި، އަތްބެލުމާއި ތަވީދު އެޅުން ފަދަ ޝިރުކުގެ ޢަމަލުތަކުން ދުރުވެ އެއްކިބާވާނެއެވެ. އަދި ﷲ ތަޢާލާ މިންވަރުކުރެއްވި ކަމެއް މެނުވީ ނުވާނެކަން ހިތުގެ އަޑިން ޤަބޫލުކުރާނެއެވެ. ކަންކަމާ ގުޅުވާ ނަމަ ނަމަ އެއް ނުކިޔާނެއެވެ. " ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަޅަމެންނަށް ލިޔުއްވާފައިވާ ކަމެއް މެނުވީ އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާންގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާންގެއެވެ. ފަހެ މުއުމިނުން ހަމައެކަނި ﷲ އަށް ވަކީލު ކުރާ ހުށިކަމެވެ" މާތްﷲ ވަޙީކުރެއްވި […]