މުޖާހިދު: ތަޢުލީމީ ދާއިރާގައި ކާމިޔާބު ހޯދީ ކިހިނެއް؟

އަހްމަދު މުޖާހިދު އަކީ ސްކޫލްގައި ކިޔެވި ދުވަސްވަރުވެސް ފާހަގަކުރެވޭ ދަރިވަރެކެވެ. އެންމެފުރަތަމަ ތަޢުލީމް ހާސިލްކުރެއްވީ އުފަން ރަށް ދާންދޫ ސްކޫލްއިންނެވެ. 2003ވަނަ އަހަރު އީޕީއެސް ސްކޫލުގެ ކެޕްޓަންގެ މަޤާމް އަދާކުރެއްވި މުޖާހިދު ވަނީ އެ ސްކޫލުގެ އަދަބީ ތަރީގެ އިތުރުން ބެސްޓް އޯލްރައުންޑްގެ މަޤާމަށްވެސް ހޮވިފައެވެ. ކިޔަވައިދިނުމުގެ ދާއިރާއިން ފިޒިކްސް އާއި މެތެމެޓިކްސް އިން ފުރަތަމަ ޑިގްރީ ނިންމަވާ، ތަޢުލީމީ ދާއިރާއިން ވަނީ މާސްޓަރސް ޑިގްރީވެސް ފުރިހަމަ ކުރައްވާފައެވެ. ތަޢުލީމީ ދާއިރާގައި ވަޒީފާގެ ފެށުން އެންމެފުރަތަމަ ވަޒީފާ […]
ފްލައިން ސްކޫލުގެ ހިންގުން ދިވެހި ކޮލެޖަކަށް؟ ދަރިވަރުންނަށް އާ އުންމީދެއް!

އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލު މިހާރު ހިންގަމުން ގެންދަނީ ސްރީލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ކުންފުނިންނެވެ. ފްލައިން ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތަކުގެ ވާހަކަ މީޑިއާގައި ވަރަށްގިނައިން ދެކެވެއެވެ. އެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް އެ ސްކޫލުގެ އާ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލު ރަޝީދު ގެންދަވަނީ ކުރައްވަމުންނެވެ. 'ޒީޓައިމްސް' އަށް ދެއްވި އިންޓަވިއުގައި ފަޒީލު ވިދާޅުވީ މިހާރު އޮތް ހާލަތުން ދަރިވަރުންނަށް އެންމެބޮޑު ފައިދާއެއް ކުރާނީ ރާއްޖޭގެ ކޮލެޖެއްގެ ދަށުން މި […]