ސިނގިރެޓް ބުއިން ހުއްޓާލުމަށް އަސޭމިރުސް ތެލުގެ ވަސް ބަލާލާ!

އަސޭމިރުސް ބޭނުންކުރެވޭ ކަންތައްތަކަށް ބަލާއިރު، އަސޭމިރުހުގެ އެސެންޝިއަލް އޮއިލް އަކީ ވަރަށް ގިނަ ކަންކަމަށް ބޭނުން ކުރެވޭ އެއްޗެއްކަން ފާހަގަކޮށްލަންޖެހެއެވެ. މީސަލްސް ބަލީގެ ފަރުވާއަކަށް އަސޭމިރުސް ތެޔޮ ހަންގަނޑުގައި އުނގުޅުމަށް ބޭނުންކުރެވެއެވެ. ސިނގިރެޓް ބުއިން ހުއްޓުމަށް މިތެލުން ވަސްބެލުމަށާއި ކާއެއްޗެހި ހަޖަމުކުރުމަށް ދަތިވާ މީހުންނަށް ޝިފާއަކަށް އަސޭ މިރުސް ތެޔޮ ބޭނުންކުރެވެއެވެ. އަސޭމިރުސް ތެލުން އަރާ ތޫނު އާވި ވަހުގެ ޒަރިއްޔާއިން މިކަންކަމަށް އެހީތެރިކަން ލިބޭކަމަށް ދިރާސާތަކުން ދައްކައެވެ. އަސޭމިރުހަކީ އަސޭމިރުސް ގަހުގައި އަޅާ މޭވާއެވެ. އަސޭމިރުސް […]
ހާދިސާ: މިގް-33 އިން ދިމާވި އަންހެން ކުއްޖާ

ފަރުހާދު އާއި ނަބީލަކީ އެއް އޮފީހެއްގައި މަސައްކަތް ކުރަމުންދިއަ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އާއިލީ މައްސަލައެއް ދިމާވިއަސް ގާތް ރައްޓެއްސެއްގެ ހައިސިއްޔަތުން ދެމީހުން މަޝްވަރާކޮށް ރަނގަޅުގޮތްތައް ނިންމަމުން ދިއައެވެ. މި ކަމުންވެސް މި ދެމީހުންގެ ގާތް ރަހްމަތްތެރިކަން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. މި ދުވަސްވަރަކީ ރާއްޖެއަށް މޯބައިލްފޯނު ތައާރަފްވެގެން އައި ދުވަސްވަރު ކަމުން މި ދެމީހުންވެސް މޯބައިލްފޯނު ގެންގުޅުނެވެ. އެއިރަކީ މިހާރު ހުންނަހެން މާގިނަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ބޭނުންކުރަމުންދިޔަ ޒަމާނަކަށް ނުވާތީ އެއިރު ތައާރަފުވެގެންއައީ […]