އަކުރުގެ އަޑު ބޭނުންކޮށްގެން ދަރިފުޅަށް ކިޔަވައިދޭން ކުރެވިދާނެ ކަންތައްތައް!

ދިރިއުޅުމަށް އަންނަ ކޮންމެ ބަދަލަކާ އެކުވެސް ގިނަ ކަންތައްތަކެއް ދަސްކޮށް އެކަމަކުން އަރައިގަންނަން މަސައްކަތްކުރާ ފަދައިން ދިމާވާ ކޮންމެ ކަމަކާ އެކުވެސް ލޮލުގެ ކޮއި ފަދަ ދަރިފުޅަށް ރަނގަޅު ގޮތެއް ހޯދައިދޭން މަސައްކަތްކުރަން ކޮންމެ ބެލެނިވެރިއެއްވެސް ބޭނުންވާނެ އެހެންނޫންތޯ؟ މިފަހަރު އަޅުގަނޑުގެ މި އާޓިކަލްގައި ކުޑަދަރިފުޅަށް ލިޔަން ކިޔަން ދަސްކޮށްދިނުމުގައި ގޭތެރޭގައި ބެލެނިވެރިންނަށް ކޮށްދެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ބެލެނިވެރިންގެ ހިތުގައި އުފެދޭ ބައެއް ސުވާލުތަކަށް ޖަވާބުދެވޭތޯ މަސައްކަތްކުރާނަމެވެ. އަކުރުގެ އަޑު ބޭނުންކޮށްގެން ދަރިފުޅަށް ކިޔަން ދަސްކޮށްދޭނީ ކިހިނެއް؟ […]
މުސްލިމެއްގެ މުސީބާތެއް ދުރުކޮށްދީފި މީހަކަށް ޤިޔާމަތް ދުވަހު މުސީބާތެއް ދުރުކޮށް ދެއްވާނެ!

ދުނިޔޭގައި މުސްލިމެއްގެ ކިބައިން މުސީބާތެއް ދުރުކޮށްދީފި މީހަކަށް ޤިޔާމަތް ދުވަހުގެ މުސީބާތްތަކުގެ ތެރެއިން މުސީބާތެއް ﷲ ދުރުކޮށް ދެއްވާނެއެވެ. ކޮންމެ މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާގެ އަޚާއަށް އަނިޔާއެއް ނުކުރާނެއެވެ. އަދި އޭނާގެ އަޚާ ދުޝްމަނެއްގެ އަތްމައްޗަށް ދޫކޮށެއްވެސް ނުލާނެއެވެ. ތިމާގެ އަޚާގެ ބޭނުންތައް ފުއްދައިދިނުމުގައި ދެމިހުންނަ މީހާގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި ﷲ ދެމިވޮޑިގެންވެއެވެ. " ކޮންމެ މުސްލިމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ، އެއާ ވަކި ނުކުރެވޭނެ ގުނަވަނެއް. އެ ހަށިގަނޑު އުފުލަންޖެހޭ ކޮންމެ […]