މިޝްކާގެ މަރު: އިހުމާލަކަށްފަހު އިހުމާލެއް، ޒިންމާނަގާނީ ކާކު؟

ކޮވިޑްބަލީގައި ނިޔާވެފައިވާ އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަމަލުކޮށްފައިވާ ގޮތް ދެނެގަތުމަށް އެއްކުރެވުނު މަޢުލޫމާތު މިނިސްޓްރީ އޮފް ހެލްތުން ޢާންމުކުރިއިރު، މިކަމުގައި އިހުމާލުވި މިންވަރު ވަރަށް ބޮޑަށް ވަނީ ހާމަވެފައެވެ. އިހުމާލުވި ކަންތައްތައް ކޮވިޑް 19 އަށް ފައްސިވެފައިވާ 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިންނަށް ކެއަރ ކްލަސްޓަރ އިން ހާލުބެލުމަށް ގުޅަންޖެހޭއިރު މިޝްކާގެ ހާލު ބެލުމަށް ބެލެނިވެރިޔާ އަށް ދެދުވަހު ގުޅާފައިނުވާކަމަށް ރިވިއު […]
ޔޫސުފުގެ ބޯ އާދަޔާ ޚިލާފަށް ބޮޑުވަމުންދާތީ 3ވަނަ އޮޕަރޭޝަން، އެދެނީ ހެޔޮ ދުޢާއަށް!

އުމުރުން 9 މަހުގެ ޔޫސުފު ގެ ބޯ ހުންނަންޖެހޭ ވަރަށްވުރެ ބޮޑުވަމުންދާތީ ދެވަނަ ފަހަރަށް އޮޕަރޭޝަން ކުރީ މިއަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހުގައެވެ. ޑރ. އަލީ ނިޔާފު ކުރެއްވި އޮޕަރޭޝަން އާއި ގުޅޭގޮތުން ޢާއިލާ އިން މަޢުލޫމާތު ދީފައިވަނީ އޮޕަރޭޝަނަށްފަހު ޔޫސުފުގެ ބޮލުގެ ސައިޒު މަޑުމަޑުން ކުޑަވާނެ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ. ޑޮކްޓަރު ވިދާޅުވިގޮތަށް ފުރަތަމަ ދިޔައީ ޔޫސުފުގެ ބޮލުގެ ސައިޒު ކުޑަވަމުންނެވެ. އެހެންނަމަވެސް އަނެއްކާވެސް ބޯ ބޮޑުވަމުން ދާކަން ޢާއިލާއަށް ފާހަގަވީ […]