ޢިބުރަތްތެރި ވާހަކަ: ގޯސް ރައްޓެހިން އިޚްތިޔާރު ކުރުމުން މުސްތަފާ ބަދަލުވި ގޮތް

ފަސް އިނގިލި އެއްވަރު ނުވާނޭ ބުނުމުން މީގެ މާނަ އެކި ގޮތްގޮތަށް ދޭހަވާ މީހުން އުޅޭނެކަމީ ދެބަސްވުމެއް ނެތް ހަޤީޤަތެކެވެ. މުޖުތަމައުގައި ދިރިއުޅޭނީ ތަފާތު ގިންތީގެ މީހުންނެވެ. އެއްބަޔަކީ އެމީހުންގެ ވަރުގަދަ އީމާންތެރިމަކާއިއެކު ސާބިތުވެތިބޭ މީހުންނެވެ. ނަމަވެސް ބައެއް މީހުން އެދިމާވާ ބައެއްގެ ސަބަބުން ވަގުތުކޮޅަކަށް ނަމަވެސް މަގުން ކައްސާލައިގެންދާކަމީ ހަޤީޤަތެކެވެ. މުސްތަފާ އަކީ އަޚްލާޤު ރަނގަޅު ކިޔަމަންތެރި ދީނީ ކަންތައްތައް ބަރާބަރަށް އަދާކުރަމުންދިޔަ މުޖުތަމައުގައި ބަސްވިކޭ މީހެކެވެ. ހެދުން އެޅުމުގައިވެސް މުޖުތަމައު ބަލައިގަންނަ މިންގަނޑުތަކާއި އެއްގޮތަށް […]
ދުނިޔޭގައި އިންސާނާ ހިތް ނޭދޭ ކަންކަން ލައްވާފައިވަނީ އިލާހީ ހިކުމަތަކަށްޓަކައި

ދުނިޔޭގައި އިންސާނާ ހިތް ނޭދޭ ކަންކަން މާތް ﷲ ލައްވާފައިވަނީ އިލާހީ މަތިވެރި ޙިކުމަތަކަށްޓަކައެވެ. އެކަންވަނީ އެކަލާންގެ އަދުލުވެރި އިމްތިހާނުގެ ތެރެއިންނެވެ. މާތް ﷲ ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. " މީސްތަކުން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟ އަދި ހަމަކަށަވަރުން އެއުރެންގެ ކުރީގެ (އުއްމަތްތަކުގެ) މީހުން، ތިމަން ރަސްކަލާންގެ އިމްތިޙާނު ކުރެއްވީއެވެ. ފަހެ (އީމާންކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން ﷲ ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން ދޮގުވެރިން ވެސް އެކަލާންގެ […]