އިންސާނާގެ ސިކުނޑި- ކޮމްޕިއުޓަރަކަށްވުރެ ބާރުގަދަވެފައި ފުރިހަމަ

ދުނިޔޭގައިވާ އެންމެހާ މަހުލޫގުންގެ ތެރެއިން އެންމެ އާދަޔާ ޙިލާފް ސިކުނޑިއެއް ދެއްވާފައިވަނީ އިންސާނުންނަށެވެ. އިންސާނާގެ ހަށިގަނޑުގެ ހަކަތައިގެ ވިހި އިންސައްތަ ސިކުނޑި ބޭނުންކުރި ނަމަވެސް ސިކުނޑި ހިއްސާކުރަނީ ހަށިގަނޑުގެ ބަރުދަނުގެ އެންމެ ދެއިންސައްތައެވެ. ސިކުނޑީގައި ދައުރުވަމުންދާ ލޭގެ ސަބަބުން ސިކުނޑި އޮންނަނީ މަޑު ފިޔާތޮށި ކުލައެއްގައެވެ. އެހެނިހެން ޖަނަވާރުންނާއި އަޅާބަލާއިރު، އިންސާނުންގެ ސިކުނޑި އުފެދިފައިވާ ގޮތް ފުރިހަމައެވެ. ސަބަބަކީ ޖަނަވާރުންނާއި ޚިލާފަށް އިންސާނުންގެ ސިކުނޑިން މުހިންމު ބޮޑެތި މަސައްކަތްތައް ކުރަންޖެހުމެވެ. މީގެ ތެރޭގައި، ހެވާއި ނުބައި ދަނެގަތުމާއި، […]
ސަންފަ: ފޫޅުމަޔަކަށްވީ މަންމަގެ މަރުގެ ސަބަބު ހޯދަން!

ސަންފާ އާދަމް (ސަންފަ) އަކީ ނ. މަނަދޫގައި ތިބި ދެ ފޫޅުމައިންގެ ތެރެއިން އެއް ފޫޅުމައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފޫޅުމައިގެން މަޤާމު އުވާލުމާއި ހަމައަށް ވަޒީފާ އަދާކުރީ ފޫޅުމާކަމުގެ މަޤާމުގައި މަނަދޫގައި އޭރު ހުރި ސިއްޙީ މަރުކަޒު (މިހާރު ނ. އަތޮޅު ހޮސްޕިޓަލު) ގައެވެ. މާބަނޑު މީހުންގެ ހިދުމަތުގައި މީހުން ވިއްސުމާއި ވިހާ ގަދަވަންދެން ހޭހަންކުރުމުގައި އުޅުމަކީ ވަޒީފާއެއް ކަމަށް އެއް އިރެއްގައިވެސް ނުދެކޭ ކަމަށް ސަންފަ ބުންޏެވެ. ޒީޓައިމްސް އަށް މަޢުލޫމާތުދެމުން […]