ކުޑަކުދިންނަށް ޤުރުއާން އުގަންނައިދޭން ގޭގައި ކުރެވިދާނެ ކަންތައްތައް!

ކުޑަކުދިންނަށް ޤުރުއާން އުގަންނައި ދިނުމަށް ގޭގައިވެސް މަސައްކަތް ކުރެވިދާނެއެވެ. ކޮވިޑްގެ ހާލަތުގެ ސަބަބުން ޤުރުއާން އުގަންނައިދޭ ކްލާސްތަކަށް ކުދިން ގެންދެވޭނެގޮތެއް ނެތެވެ. އަދި އަލަށް ޤުރުއާން އުގަންނައިދޭ ކުޑަ ކުދިންނަށް އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިޔުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށް 'ޒީޓައިމްސް' އިން ވާހަކަ ދައްކާލި ބައެއް މުދައްރިސުން ވަނީ ފާހަގަކޮށްފައެވެ. އަކުރުތައް ދަސްކުރުން އަލިފުބާ އަކުރުތައް ދަސްކޮށްދޭއިރު ވަކިވަކިން ހުރިހާ އަކުރެއް ފިލާގައި ނުވަތަ ފޮތެއްގައި ލިޔެގެން ދަސްކޮށް ދެވިދާނެއެވެ. މިގޮތަށް ދަސްކޮށްދޭއިރު އަބަދުވެސް ކުއްޖާ […]