ތާރީޚް: އުކުޅަހު ކުޑަމިސްކިތް

އއ.އުކުޅަހު ކުޑަމިސްކިތް ނުވަތަ މާމިސްކިތަކީ ހިރިގަލުން ބިއްތަށްހަދާ އެތެރޭގެ ބެރިތަކާއި ތަނބުތައް ލިޔެލާޖަހާފައި ހުރި މިސްކިތެކެވެ. އަދި މަތިވަޑާންގަނޑު ލާއިން ކުރެހުން އަޅާ އެކި އިބާރާތުން އަރަބިބަހުން ލިޔެލާފައިހުރި ވަރަށް ތާރީޚީ އާސާރީ މިސްކިތެކެވެ. މިމިސްކިތުގެ ބެރިތަކާއި ތަނބުތައް ހަދާފައިހުރީ ހައިވަކަރުންނެވެ. މިމިސްކިތަކީ ހިޖުރައިން 1116 ވަނަ އަހަރު އިމާރާތް ކޮށްފައިވާ މިސްކިތެކެވެ. މިސްކިތުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އޭގެތެރެއިން ލިޔުމެއްގައި އަރަބި ބަހުން އުކުޅަހު ކަނބާ އާމިނަތު ބިންތު މުހައްމަދު ލިޔެފައިވެއެވެ. މިރަށުގައި ތިބި ދުވަސްވީ […]
މިންހާ: އުމުރާއި ބަލާއިރު ހުނަރުވެރި ކުއްޖެއް!

މިންހާ މަހުޖޫބް ޝުޖާއު މިއީ އުމުރުން 12 އަހަރުގެ ހުނަރުވެރި ކުއްޖެކެވެ. އިންޓަވިއު ނެގިއިރު އަޅުގަނޑަށް އެންމެ ފާހަގަވީ އަމިއްލަ ނަފްސަށް މިންހާގެ އޮތް އިތުބާރާއި އަދި ފަސްޖެހުމެއްނެތި ކުރި ކޮންމެ ސުވާލަކަށް ޖަވާބުދެމުން ދިޔަކަމެވެ. މިންހާގެ މިހުނަރުގެ ސަބަބުން ވަނީ 'ދަ ސަރކްލް' ބައި އުގެއިލް ފައުންޑޭޝަން އިން ކުރިއަށް ގެންދާ "ކޯޑިން އެންޑް ކްރިޓިކަލް ތިންކިންގ" ޕްރޮގްރާމްގައި ޚާއްސަ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދިނުމުގެ ފުރުސަތު ލިބިފައެވެ. މި ޕްރެޒެންޓޭޝަންގައި މިންހާ އަލިއަޅުވާލައިފައިވަނީ އުގެއިލް ފައުންޑޭޝަނާއި ހައުސިންގ […]