4 އަހަރުގެ ނައުޝީން 23 ސޫރަތް ހިތުދަސް، ތަފާތު 585 ފޮތް ވަނީ ކިޔައިފައި

އުމުރަކީ އެންމެ 4 އަހަރާއި 2 މަހެވެ. އެކަމަކު ދިވެހި އަދި އިނގިރޭސި ބަހުން ލިޔެފަ ހުންނަ ފޮތްތައް ފަރިތަކަމާއި އެކު ކިޔަން އެނގެއެވެ. ހިސާބުގެ އަދަދުތައް އެއްހާހުން މައްޗަށް ގުނަން އެނގެއެވެ. ކުރެހުމަށް މޮޅެވެ. ދެއަތުން ފަރިތަކަމާއި އެކު ލިޔަން އެނގެއެވެ. މަދަހަ އަދި ލަވަކިޔައެވެ. ތަފާތު ގައުމުތަކުގެ ގައުމީ ސަލާމް ކިޔައެވެ. 30 ގައުމެއްގެ ދިދަ ދައްކާލުމުން އެގައުމުގެ ނަން ބުނެލައެވެ. މިއުޒިކް ނޯޓްގެ ސިމްބަލް ދައްކާލުމުން އޭގެ ނަންތައް ކިޔާލައެވެ. އަދި މިހާތަނަށް […]