ފޮޓޯ: ކަނޑުތަކާއި ފަރުތަކަށް ޕްލާސްޓިކް ކުނި އެޅުން ހުއްޓާލަމާ

ކަނޑުތަކާއި ފަރުތައް ޕްލާސްޓިކް ކުނިން ރައްކާތެރިކުރުމަށް ޒުވާން މަސްވެރިޔާ ހަސަން ސާޖިން އާއި ގެމަނަފުށީ ޒުވާނުން ގުޅިގެން މިހާރުވެސް ދަނީ މަސައްކަތްކުރަމުންނެވެ. މި މަސައްކަތް އިތުރަށް ފުޅާކުރުމަށް ކުރިއަށް އޮތްތާގައި އުގެއިލް ފައުންޑޭޝަނާއި އެންސިސް ގުޅިގެން އެރަށުގައި ޑަސްޓްބިންތަކެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ފޮޓޯ: ޒުވާން މަސްވެރިޔާ
ކޮވިޑް-19: އިންޑިއާ ވޭރިއަންޓް 70 އަށްވުރެ ގިނަ ޤައުމުގައި

ކޮވިޑް-19 ޑެލްޓާ ވޭރިއަންޓް ތަފާތަކީ ކޮބާ؟ ކޮވިޑް-19 ގެ އެކި ވޭރިއަންޓްތައް ދުނިޔޭގެ އެކި ގައުމުތަކުން ފެންނަމުންދާއިރު ރާއްޖޭގައި 6 ވޭރިއަންޓެއް އުޅޭކަމަށް މިހާތަނަށް ކުރި ތަހްލީލުތަކުން ވަނީ ދެނެގަނެވިފައެވެ. އޭގެތެރޭގައި އަވަށްޓެރި އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއަންޓްވެސް ރާއްޖޭގައި ވަނީ ހަލުވިކަމާއި އެކު ފެތުރެން ފަށާފައެވެ. މިއީ މިވަގުތު ދުނިޔޭގައި އެންމެ ބާރަށް ފެތުރޭ އެއް ވޭރިއަންޓް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފައިވާއިރު ޑެލްޓާ ވޭރިއަންޓަކީ ކޮރޯނާވައިރަހުގެ އެހެނިހެން ވޭރިއަންޓްތަކަށް ވުރެ ނުރައްކާ […]