ބައްޕައިންގެ ދުވަހުގައި އެކަނިވެރި ދަރިއެއްގެ އިހުސާސް

އަހަރެންގެ އެއްބަނޑު އެއްބަފާ އިތުރު 2 ކުދިން ތިބެއެވެ. މަންމައާއި ބައްޕަ ވަރިވިއިރު އަހަރެންގެ އުމުރުން އެންމެ 8 އަހަރެވެ. އާއިލާ ރޫޅުމުގެ ކުރިން މަންމަ އާއި ބައްޕައާއި އެކު އަހަރެމެން އުޅެމުން ދިޔައީ ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ. އާއިލާ އާއި އެކީގައި ޗުއްޓީއަށް ރަށްރަށަށް ދިއުމާއި ރެސްޓޯރެންޓްތަކަށް ދިއުން ފަދަ ކަންތައްތަކަކީ އެއިރު އާންމުކަމެކެވެ. އެހެންނަމަވެސް ފަހުން ހާލަތު މުޅިން ބަދަލުވީއެވެ. މަންމަ އާއި އެކީގައި އަހަރެމެން 3 ކުދިން މާލޭގެ އެއްކޮޓަރީގެ އެޕާޓްމަންޓަކަށް ބަދަލުވިއިރު […]
ޕްރޮފެސަރ އުގެއިލްގެ ލިޔުއްވުމެއް: ޒުވާންކަން ގިނަދުވަހު ދަމަހައްޓާނީ ކިހިނެއް؟

އުމުރުން ދުވަސްވަމުންދާ ވަރަކަށް މީހާއަށް އަންނަ ބަދަލުތައް ނުވަތަ "އެންޓި-އޭޖިން" ކުޑަކުރުމަށް ކަމަށްބުނެ އުފައްދާފައިވާ ތަފާތު އެކި ބާވަތް ބާވަތުގެ އެތައް ވައްތަރެއްގެ ޕްރޮޑަކްޓްތައް ބޮޑެތިކުންފުނިތަކުން މާކެޓަށް ނެރެމުންދެއެވެ. މީގެ ތެރޭގައި މިކަމަށް ހާއްސަ ކްރީމްތަކާއި، އެކިވައްތަރުގެ ބޭހާއި ޒުވާންކަން ދެމެހެއްޓުމަށްޓަކައި ކެއުމަށް ނުވަތަ ބުއިމަށް ހާއްސަ އެތައް ވައްތަރުތަކެއް ހިމެނެއެވެ. މިފަދަ ޕްރޮޑަކްޓްތަކުގެ ސަބަބުން މީހާއުމުރުން ދުވަސްވަމުން އަންނަ ވަރަކަށް ބަދަލުތައް ނައަންނާނެ ކަމަށް ހީކޮށްގެން ތިބުން އެއީ އަދި އެންމެ ރަނގަޅުގޮތެއް ނޫނެވެ. އެހެންނަމަވެސް […]