ޕްރޮފެސަރ އުގެއިލްގެ ލިޔުއްވުމެއް: ބްލެކް ހޯލްގެ އާދަޔާ ޚިލާފް ކަންތައްތައް!

ބްލެކް ހޯލް ނުވަތަ އަނދިރި ވަޅުގަނޑެކޭ ބުނާ އަޑު ގިނަބަޔަކު ވާނީ އަޑުއަހާފައެވެ. އެހެންނަމަވެސް މިއީ ބިންމަތީގައި ހުންނަ ވަޅުގަނޑުތަކުގެ ވާހަކައެއް ނޫނެވެ. މިތާނގައި މި ވާހަކަދެކެވޭ ބްލެކް ހޯލް އަކީ އަހަރެމެންގެ ކާއިނާތުގައި ވާކަމަށް ފަލަކީ އިލްމުވެރިން ގަބޫލު ކުރާ ބްލެކް ހޯލްތަކުގެ ވާހަކައެވެ. މިބްލެކް ހޯލް ތަކަކީ އޭގެ ނަމުންވެސް ދޭހަވާ ފަދައިން އަނދިރި ވަޅުގަނޑެއް ގޮތަށް ސިފަވުމުގެ އިތުރަށްވެސް އެހެނިހެން ހައިރާން ކުރަނިވި ސިފަތައް އެކުލެވިގެންވާ ތަކެއްޗެވެ. ފަލަކީ އިލްމުވެރިއެއްގެ ގާތު ބްލެކް […]
އަގުބޮޑު ލޮޓަސް ސިލްކް އުފައްދާގޮތް!

ލޮޓަސް ސިލްކަކީ ދުނިޔޭގަ އެންމެ މަދުން އުފައްދާ ގުދުރަތީ ސިލްކެވެ. މި ސިލްކް ނަގަނީ ލޮޓަސް މަލުގެ ތަނޑިންނެވެ. ދުނިޔޭގައި މި މަސައްކަތް ކުރަނީ ވަރަށްމަދު ޤައުމެއްގައެވެ. އެއީ ކެންބޯޑިއާ، މިޔަންމާ، އަދި ވިއެޓްނާމްގައެވެ. މި ޤައުމުތަކުގައި މި މަސައްކަތް ކުރަނީވެސް ވަރަށް މަދުބައެކެވެ. މިއީ ކުންފުނިތައް ހަދައިގެން އިންޑަސްޓްރިއަލް ސްކޭލްގައި ކުރާކަމެއް ނޫނެވެ. މިމަސައްކަތް ކުރާ ޤައުމުތަކުގައި މި މަސައްކަތްކުރަނީ އާއިލާތަކުން ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގައެވެ. ލޮޓަސް މާ ހެއްދުމަށްފަހު އޭގެ ތަނޑި ބުރިކޮށްލައިގެން […]