ހިތާނުކޮށްފައިވާ އަންހެނެއްގެ އިހުސާސް، ވޭން، ކެކުޅުން

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އެޒަމާނުގައި ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އަންހެނުން ހިތާނުކުރުމަކީ ކުރަންޖެހޭ ކަމެކެވެ. މިގޮތުން އެއްދުވަހެއްގެ ހެދުނެވެ. މަންމަ އަހަރެން ކައިރީގައި ބުންޏެވެ. ދަރިފުޅާއެވެ. " މިއަދު މިގެއަށް މީހަކު އަންނާނެއެވެ. އެމީހާ ބުނާގޮތަށް ދަރިފުޅު ބަސް އަހައިގެން ހުންނާށެވެ. އެއިރުން އެހާބޮޑަށް ތަދު ނުވާނެއެވެ" މަންމަގެ ވާހަކަ އަޑުއިވި އަހަރެން ވަރަށް ބިރުގަތެވެ. ހިތަށް އެރިއެވެ. އަނެއްކާ ކުރަން މިއުޅެނީ ކޮންކަމެއްބާއެވެ. މަންމައާއި ސުވާލުކުރާކަށް ނުކެރުނެވެ. އެޒަމާނަކީ އިންޓަނެޓު ޒަރީއާއިން މައުލޫމާތު […]

އަސަރުގަދަ ވާހަކަ ލިޔުންތެރިޔާ ޒެލް އާއި އެކު ވަގުތުކޮޅެއް!

ލިޔުންތެރިކަމަކީ ވަރަށް ތަފާތު ހުނަރެކެވެ. މި ހުނަރު ތަފާތު ވަނީ ލިޔުންތެރިން އެބައިމީހުންގެ ލިޔުންތަކުގެ ޖާދޫގައި ފަސޭހަކަމާއެކު ކިޔުންތެރިން ޖައްސައި ޖަޒުބާތުގައި ޖައްސާތީއެވެ. މީގެ ތެރެއިންވެސް ވާހަކަ ލިޔުންތެރިކަން ވަކިން ޚާއްސަކޮށް ފާހަގަކޮށްލަމެވެ. ވާހަކަ ލިޔުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް މި ލިޔުން މި ޚާއްސަކޮށްލަނީ ޒުވާން، އަސަރުގަދަ ވާހަކަ ލިޔުންތެރިޔާ ޒެލް އަށެވެ. ފ. ބިލަތްދޫއަށް އުފަން އިބްރާހީމް ޒިހުނީ އާންމު ނަމުންނަމަ ޒެލް އަކީ ވާހަކައިގެ ދުނިޔޭގައި ވަރަށްމަދު […]