މިންވަރަށް އީމާންވާނަމަ ސުވަރުގެ ވަނުމަށް މަގު ފަހިވާނެ!

ޤަޟާޤަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައެވެ. ފިތުނައިގެ ސަބަބުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެއެވެ. މިންވަރަށް އީމާންވުމުގެ ސަބަބުން އަޅާ އަށް ސުވަރުގެ ވަނުމަށް މަގު ފަހިވެގެންދާނެއެވެ. މާތްﷲ އާއި އެކަލާންގެ ރަސޫލާ އަންގަވާފައިވާ ގޮތަށް އީމާންވެ އަޤީދާ ވަރުގަދަކޮށްފި މީހާގެ ހަށިގަނޑާއި ގުނަވަންތަކުން އެކަން ފައުޅުވެގެންދާނެއެވެ. މާތްﷲ އީ ހުރިހާ ކަމެއް އައްސަވާ އަދި ބައްލަވާ ވޮޑިގެންވާ ކަލާންގެކަން އަބަދުމެ ހަނދާންކުރުމަކީ ނަފުސުތަކަށް ހިތްހަމަޖެހުން ލިބިގެންދާނެކަމެކެވެ. ހުރިހާކަމެއް މެދުވެރިވެގެންދަނީ މާތްﷲ ޢިލްމުފުޅާއި […]