ފޮޓޯ: ފެން ތަހުލީލުކުރާ ލެބޯޓަރީ ޤާއިމުކުރުމުގެ ޑިޒައިން ކޮންސަލްޓެންސީ އެއްބަސްވުމުގައި ސޮއިކުރުން

ލ.ފޮނަދޫގައި ޤާއިމުކުރާ ސަރަހައްދީ ފެން ތަހުލީލުކުރާ ލެބޯޓަރީ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޑިޒައިން ކޮންސަލްޓެންސީގެ މަސައްކަތް އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް އާ މިއަދު ވަނީ ހަވާލުކޮށްފައެވެ. މިރަސްމިއްޔާތު މިއަދު އޮތީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގައެވެ. މިއެއްބަސްވުމުގެ ދަށުން ލެބޯޓަރީގެ މަސައްކަތުގެ ސާވޭކުރުމާއި ޓެންޑަރ ޑޮކިއުމަންޓުތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މި ކުންފުންޏާއި މަސައްކަތް ހަވާލުކުރެވުނު ޖުމްލަ އަގަކީ ދެލައްކަ ހަތްދިހަ ހާސް ތިންސަތޭކަ ރުފިޔާއެވެ.

ޕްރޮފެސަރ އުގެއިލްގެ ލިޔުއްވުމެއް: ބަޓަރފްލައި އިފެކްޓް - ކުދި ކަންތަކުން ބޮޑެތި ނަތީޖާ!

ކެއޯސް ތިއަރީ (Chaos Theory) އަކީ ހައިރާންކުރަނިވި ކަންތައްތަކާއި، ލަފާނުކުރެވޭ ފަދަ ކަންތައްތައް ހިމެނޭ ސައިންސެވެ. ބަޓަފްލައި އިފެކްޓްވަނީ މި ތިއަރީއާއި ގުޅިފައެވެ. މީގެއިން އަހަރެމެންނަށް އަންގައިދެނީ ކޮންމެ ކަމެއްވެސް ކޮންމެފަދަ ވަގުތެއްގައި އެއްވެސް އިންޒާރެއް ނެތި ކުރިމަތިވެދާނެ ކަމެވެ. އެންމެ ކުރީގެ ސައިންސްގައި ހިމެނެނީ އަހަރެމެންނަށް ލަފާކުރެވޭނެ ކަންތައްތަކެވެ. މިސާލަކަށް ބިމަށް ދަމާބާރު، ކަރަންޓު އަދި ކެމިކަލް ރިއެކްޝަންތަކެވެ. އެއާއި ހިލާފަށް ކެއޯސް ތިއަރީގައި ހިމެނެނީ އަހަރެމެންގެ ކޮންޓްރޯލުން ބޭރުގައިވާ ކަންތައްތަކެވެ. މިސާލަކަށް މޫސުމަށް އަންނަ […]