ނަމާދުގައި ކުށެއް ކުރެވޭ ހާލަތުގައި ޢަމަލުކުރާނީ ކިހިނެތް؟

ނަމާދަކީ އެންމެ މާތް އަޅުކަމެވެ. މަތިވެރި އަޅުކަމެކެވެ. އެ އަޅުކަމެއްގެ ޘަވާބާއި ދަރުމަ އެހެން ހުރިހައި އަޅުކަންތަކަށްވުރެ އިތުރުވެގެންވެއެވެ. އެހެން ހުރިހައި އަޅުކަމެއް ފަރުޟު ކުރެއްވުނީ ޖިބްރީލުގެފާނު މެދުވެރިކުރައްވައި ވަޙީގެ ޒަރީއާއިންނެވެ. ނަމަވެސް، ނަމާދު ފަރުޟު ކުރެއްވުނީ އެކަލާނގެ ޙަޟްރަތަށް ގެންދަވައި އިސްރާއާއި މިޢުރާޖުގެ ރޭގައެވެ. މިކަމުންވެސް ނަމާދުގެ މާތްކަމާއި މުހިންމުކަން އެނގިގެން ދެއެވެ. މިހެންކަމުން ކޮންމެ މުސްލިމަކުވެސް ނަމާދަށް ރައްކައުތެރިވާންޖެހެއެވެ. އަދި ނަމާދާއި ގުޅުން ހުރި ޙުކުމްތައް ދެނެގަންނަން ޖެހެއެވެ. ކީރިތި ރަސޫލާ صلى الله […]
ހާދިސާ: 'ފުރޭތަ އޮޑަގައްލާ' އަމާން ރަށަކަށް ބަދަލުވިގޮތް

މާދުރުން ފެންނަން ފެށީ އުޅަދެކެވެ. ފައްސިޔަ ވައިގައި ދަތުރު ކުރަމުން އަންނަ އޮޑިއެކެވެ. ހީވަނީ ކޮންމެވެސް މަންޒިލެއް ހޯދުމަށް ދަތުރުކުރާ އޮޑިއެއްހެންނެވެ. ފެންނަފެނުމުގައި ހީވަނީ މީ ފުވައްމުލަކު އޮޑިއެއްހެންނެވެ. ނޭނގި ނަމަވެސް އެދޯނި މިއަންނަނީ 'ފުރޭތަ އޮޑަގައްލާ' އާ ދިމާއަށެވެ. އެއިރު އެއަތޮޅު 'ހަޑަހާފަރު' ކައިރީގައި އެންދަމަން ކުޑަދޯންޏެއް އޮތެވެ. މިއީ ނިލަންދޫ ދޯންޏެކެވެ. މިދޯނީގެ މީހުންވެސް މިއަންނަ ދޯނި ދެކެފިއެވެ. މަޑުމަޑުން މި ކުޑަދޯނިވެސް މުލަކު އޮޑިއާއި ދިމާލަށް ދުއްވަން ފެށިއެވެ. ފުވައްމުލަކު ދޯނި 'އޮޑަގައްލާ'ގެ […]