ޢިބުރަތްތެރި ވާހަކަ: ބަލިޖެހިފައިވާ ތިން މީހުން އިމްތިހާނު ކުރެވުނު ގޮތް!

ބަނޫއިސްރާއީލުންގެ ތެރޭގައި (މުސީބާތްޖެހިފައިވާ) ތިން މީހަކު ތިއްބެވެ. އެއިގެތެރެއިން އެކަކީ، ބަރަޞްބަލި ޖެހިފައިވާ މީހެކެވެ. އަނެކަކީ، އޭނާގެ ބޮލުގެ އިސްތަށި ފައިބައިފައިވާ މީހެކެވެ. އަދި އަނެކަކީ، އޭނާގެ ދެ ލޯކަނުވެފައިވާ މީހެކެވެ. ފަހެ، اللَّهُ ސުބުޙާނަހޫވަތަޢާލާ އެބައިމީހުން އިމްތިޙާނުކުރެއްވުމަށް އިރާދަކުރައްވައި، އެބައިމީހުންގެ ގާތަށް (އިންސާނެއްގެ ސިފައިގައި) މަލާއިކަތަކު ފޮނުއްވިއެވެ. ބަރަޞްބަލިޖެހިފައިވާ މީހާގެގާތަށް ވަޑައިގަތުން ފަހެ، އެ ކަލޭގެފާނު (އެބަހީ: މަލާއިކަތާ) ބަރަޞްބަލިޖެހިފައިވާ މީހާގެގާތަށް ވަޑައިގެން ވިދާޅުވިއެވެ. ތިބާއަށް އެންމެބޮޑަށް ބޭނުމީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. […]

ފުރަތަމަ މުދައްރިސެއް، ފަހުން ކަނޑުމައްޗަށް، މިހާރު ކައުންސިލްގެ ރައީސް!

މުހައްމަދު ރައޫފު އަކީ ސްކޫލު ދައުރުން ފެށިގެން އިޖްތިމާއީ ހިދުމަތްތެރިއެވެ. ސްކޫލުގައި އިތުރު ހަރަކާތްތަކާއި ހައުސް ކެޕްޓަންކަން ކުރެއްވުން ފަދަ ލީޑަރޝިޕްގެ ރޯލްތަކުން ވިދާލިއެވެ. މިހާރު އޭނާ އަކީ ނ. ކެނދިކުޅުދޫގެ ކުދިބޮޑު އެންމެންގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ އެރަށުގެ ރައީސްއެވެ. ކެނދިކުޅުދޫ ކައުންސިލުގެ އިންތިހާބީ ރައީސް އެވެ. ރައޫފުގެ ތައުލީމީ ހަޔާތަށް ޖެހިލާއިރު ތައުލީމީ ބިންގާ އެޅުއްވި މަދަރުސާއަކީ ކެނދިކުޅުދޫ ސްކޫލެވެ. އޭރު އެރަށުން ކިޔެވެންއޮތީ ގްރޭޑް 7 އާއި ހަމައަށް ކަމަށްވާތީ 7 ނިންމެވުމަށްފަހު […]