ތާރީޚް: ނިލަންދޫ ފޯއްމަތި

ފ.އަތޮޅު ނިލަންދޫގައި 'ފޯއްމަތި' ކިޔާ އާޘާރީ ސަރަހައްދެއް އޮވެއެވެ. މިތަން އޮންނަނީ ރަށުގެ އިރުމަތީފަރާތު ގޮނޑުދޮށާ ގާތްގަނޑަކަށް 250 ފޫޓު ދުރުގައެވެ. ކުރީޒަމާނުގައި ބުޑިސްޓު ދީނީ ބިނާތަކެއް ހުރި މިސަރަހައްދު މިހާރު ވަނީ ވަކިކޮށްފައި ކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތު ދީފައެވެ. 1983މ. ވަނަ އަހަރުގައާއި އަދި 1984މ. ވަނަ އަހަރު 'ތޯރ ހަޔަދާލް' ނަމަކަމަށް ކިޔާ މީހަކު މިތަން ބެލުމަށްފަހު މިތަނާއި ގުޅޭ މަޢުލޫމާތު އޭނާ ނެރުނު ފޮތެއްގައި ޝާއިޢުކޮށްފައިވެއެވެ. […]
ހާދިސާ: މާރަންދޫ ކަތީބުގެ ޖާފަތް ކާންދިޔަ މީހުންނަށް ދިމާވިގޮތް

މިއީ ރާއްޖޭގައި ބުޑިސްޓުން އުޅުނު ޒަމާނުގެ ކުރިން ހުވަދު އަތޮޅު ރަށެއްގައި ހިނގާފައިވާ ހާދިސާ އެއްކަމަށް މުސައްނިފު ލިޔެފައިވެއެވެ. އެއީ މާރަންދޫ އެވެ. އެޒަމާނުގައި އެރަށުގައި އުޅުނު ދެމަފިރިއެކެވެ. ނަމަކީ ވަލުގޭ ދޮންފުތާއެވެ. ދޮންފުތުގެ އަންހެނުންނަކީ ކަށިކެއުވަލު މަރީނާ އެވެ. މާރަންދޫ އަކީ މި ދެމަފިރިން ފިޔަވާ އިތުރު ބަޔަކު އުޅޭ ރަށެއްނޫނެވެ. މި ދެމަފިރިން ކެއުމަކަށް ބޭނުން ކުރަނީ ރާކަނި މަހާއި ކާއްޓެވެ. ބައެއްފަހަރު ބަރަބޮލާއި ކައްޓަލަ ވެސް ކައިއުޅެއެވެ. މިދެބާވަތަކީ އެ ދެމަފިރިން އެ […]