އެންމެ އަގުބޮޑު ލެއަކީ ކޮބައިކަން އެނގޭތަ؟

ކަކުންޏެއްގެ ލޭ އެހާ އަގުބޮޑުވެދާނެކަމަށް ހީކުރެވޭ ހެއްޔެވެ. އެޓްލާންޓިކް ހޯސްޝޫކްރެބް ނުވަތަ އެމެރިކަން ހޯސްޝޫކުރެބްއަކީ، އާންމުކޮށް އެޓްލާންޓިކް ކަނޑުގެ އައްސޭރިފަށު (ނޯތްއެމެރިކާ) ގައި، ދިރިއުޅޭ ކަކުނީގެ ވައްތަރެކެވެ. މިބާވަތުގެ ގިނައަދަދެއް ކަކުނި އެމެރިކާގެ ޑެލްވެއަރ ބޭގައި ދިރިއުޅެއެވެ. ކަކުންޏޭ ކީނަމަވެސް މިއީ އާންމުކޮށް މިފެންނަ ކަކުނިތަކާއި ވަރަށް ތަފާތު ކަކުންޏެކެވެ. އޭގެ ބޭރުގައި އޮންނަ ހިލަތޮށިގަނޑު އެންމެ ވައްތަރުވާނީ ހެލްމެޓަކާއިއެވެ. އެހެންކަމުން ބައެއް މީހުން މިކަކުންޏަށް ހެލްމެޓް ކްރެބްވެސް ކިޔައެވެ. މިކަކުނީގެ ލޭ ހުންނަނީ ގަދަނޫކުލައިގައެވެ. ބޭސްވެރިކަމުގެ […]