މަގުމަތީގައި އުޅޭއިރު ފަރުދީ ޒިންމާ އަދާކުރަންތަ؟

މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަގުމަތި ބޭނުންކުރާ ކޮންމެ މީހަކުވެސް ފަރުދީޒިންމާ އަދާކުރުމަކީ މުހިންމު ކަމެކެވެ. މަގުމަތީގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ނުހިތާ ބަޔަކު ދިރިއުޅޭ މުޖުތަމައެއްގައި، ސަލާމާތާއި ރައްކާތެރިކަމެއް ނޯންނާނެއެވެ. އަޅުގަނޑުމެންގެ މުޖުތަމައުން މަދުން ނަމަވެސް، މަގުމަތީގައި ހިނގާމީހުންނާއި ދިމާކުރުމާއި، ފުރައްސާރަކުރުން ފެންނަކަމީ ގަބޫލުކުރަން ދަތިނަމަވެސް ހަގީގަތެކެވެ. ވެރިރަށް މާލޭގެ ފަދަ ކާރުބާރު ބޮޑު މަގުތަކުގައި ފައިމަގުގައި އުޅޭ މީހުންނަށް ބަލާލުމެއްނެތި ދުއްވުމާއި، ކަފިހިހުރަސް ފަދަ ތަންތަނަށް ބަލާލުމެއްނެތި ބާރުސްޕީޑުގައި ވެހިކަލް ދުއްވާފައި ދިއުންފަދަ ކަންކަމަކީ ފެންނަ […]

އެންމެ ގިނަ މީހުން ނަރަކައިން މިންޖު ކުރެވޭ ދުވަސް

މާތްﷲ އެހެން ހުރިހައި މަޚްލޫޤުންގެ ތެރެއިން އިންސާނުން މާތް ކުރެއްވިއެވެ. އިންސާނުންގެ ތެރެއިން ރަސޫލުބޭކަލުން މާތް ކުރެއްވިއެވެ. އަހަރުގެ 12 މަސްދުވަހުގެ ތެރެއިން ރަމަޟާން މަސް މާތް ކުރެއްވިއެވެ. ހުރިހައި ރޭ ތަކެއްގެ ތެރެއިން ލައިލަތުލް ޤަދްރި ވިލޭރޭ މާތް ކުރެއްވިއެވެ. ހަފްތާގެދުވަސްތަކުގެ ތެރެއިން ހުކުރުދުވަސް މާތްކުރެއްވިއެވެ. ދުވަސްތަކުގެ ތެރެއިން ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް މާތް ކުރެއްވިއެވެ. އަދި މުޅި އަހަރުގެ ދުވަސްތަކުގެ ތެރެއިން ޢަރަފާތްދުވަސް މާތްކުރެއްވިއެވެ. އެއީ ޙައްޖުމަހުގެ 9 ވަނަ ދުވަހެވެ. […]