ރާޝިދާ ޔޫސުފް: މިއީ އެކި ގޮތްގޮތުން ނަމޫނާ ކަނބަލެއް!

ރާޝިދާ ޔޫސުފް ބ.އޭދަފުށީ ޔޫސުފް ކަލޭގެފާނާއި އައިމިނަތު މުހައްމަދުގެ ދަރިކަނބަލުން ރާޝިދާ ޔޫސުފަކީ ތަފާތު އެކި ދާއިރާތަކުން ޤައުމަށް ޚިދުމަތްކޮށްދެއްވި ފާހަގަކޮށްލެވޭ ކަނބަލެކެވެ. 'ޒީޓައިމްސް' ގެ ފަރުދުން ކެޓަގަރީ މިފަހަރު މިޚާއްސަ ކޮށްލަނީ ރާޝިދާގެ ޕްރޮފައިލް ރިޕޯޓް ގެނެސްދިނުމަށެވެ. އުމުރުން 6 އަހަރުގައި މާލެ ބަދަލުވުން ގިނަދުވަސްތަކަކަށް އަތޮޅުވެރިކަން ކުރެއްވި ޔޫސުފްކަލޭގެފާނު އެޒަމާނުގައިވެސް އިސްކަންދެއްވީ އެންމެ ކުޑައިރުއްސުރެ ރަނގަޅު ތަޢުލީމެއް ލިބޭނެގޮތެއް މަގުފަހި ކޮށްދެއްވުމަށެވެ. " ދައްތަ ކައިވެނި ކުރައްވައިގެން ހުންނެވީ މާލޭގެ އާއިލާއެއްގެ ބޭފުޅަކާ. އެ […]