ކެލާ ޢީދު ބޮނޑި: ޒަމާނުއްސުރެ ފޯރީގައި ތައްޔާރުކުރާ އެއްޗެއް!

ހއ. ކެލައަކީ ގުދުރަތީ ގޮތުން ވަރަށް ރީތި ރަށެކެވެ. ތަފާތު ރީތި ގޮނޑުދޮށްތަކެއް ލިބިފައިވާ ކެލާގައި ޢީދު ފާހަގަކުރުމަށް ޚާއްސަ ބޮނޑި އެއް ތައްޔާރުކުރެއެވެ. މިފަހަރުވެސް ވަރަށް ފޯރީގައި ބޮނޑި ތައްޔާރުކުރި ކަމަށް އުމުރުން 58 އަހަރުގެ ހައްވާ ރަޝީދާ (ހައްވަ ދައިތަ) ވަނީ މަޢުލޫމާތު ދީފައެވެ. " އެންމެ ފުރަތަމަ ކެޔޮފަތް ހޯދާ އެދޮވެފަ ބަހައްޓަނީ. އަދި ބިންބި މުގުރާފަ، ދޮނަޅަ ފުށާއި، ގަބުޅިހުނި، ހަކުރު، ރާނބާފަތްފެން ނުވަތަ ހުވަދުމާފެން އަޅައިގެން ރީއްޗަށް ބަނދެވޭވަރަށް މޮޑެނީ. […]
ޢީދު ދުވަހުގެ ހެނދުނު ސައި، ރައްޔިތުންގެ އެއްބައިވަންތަކަން ދައްކުވައިދޭ!

ޢީދު ދުވަހުގެ ހެނދުނުގެ ސައި ތައްޔާރުކުރުމަށް ހއ. ތަކަންދޫގެ ރައްޔިތުން ވަރަށް ފޯރީގައި މަސައްކަތްކުރި މަންޒަރު މި ފޮޓޯތަކުން ވަނީ ފެނިފައެވެ. މިއީ ޒަމާނުއްސުރެ ރާއްޖޭގެ ބައެއް ރަށްރަށުގައި ވަރަށް ފޯރީގައި ކުރަމުންދާ ކަމެކެވެ. މިއީ ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން ދައްކުވައިދޭ މަންޒަރެކެވެ. ފޮޓޯ: އާސިމާ ޔޫނުސް/ ހއ.ތަކަންދޫ