އެވޭލާ ހާދިސާ: ކަމަނަގެ ހިތްވަރުން މާރިދުންގެ ކިބައިން ރިނބިދޫ ސަލާމަތް ކުރިގޮތް!

ރިނބިދޫ އަކީ ވެސް އިހުޒަމާނުގައި މީހުން އުޅެމުން އައި ރަށެކެވެ. ޒަމާން ފާއިތުވެ މީހުން ނެތިވަމުންގޮސް އެކިމީހުން އެކި ރަށްރަށަށް ދާންފެށިއެވެ. އެގޮތަށް މަދުވަމުންގޮސް ރިނބިދޫގައި ތިބީ ތިން ހަތަރު އާއިލާއެއްގެ މީހުންނެވެ. މީހުންގެ އަދަދަށް ބަލާއިރު ސޯޅަ ވަރަކަށް މީހުންނެވެ. މިގޮތުން އެރަށުގައި ތިބިމީހުންގެ ތެރޭގައި ދުވާފަރު ގޯތި ކަމަނާ އާއި ކަޅުމުދިމު ހިމެނެއެވެ. މި ދެމީހުންގެ ތިބެނީ އަންހެންކުއްޖަކާއި ފިރިހެންކުއްޖެކެވެ. މިކުދިންގެ ނަމުގެ ކުރިއަށް އެރަށުގެ ނަން އިތުރުކޮށް ފިރިހެން ކުއްޖާއަށް ކިޔަނީ ރިނބިދޫ […]