އަރިދަފުސް ރޯގާ އަށް ހައްލުލިބި ތަދުތަކުގެ ފަރުވާ އަށް ވަކިފޫ!

ވަކިފޫ ނުވަތަ ލޯންގް ޕެޕާރ އަކީ އަޅުގަނޑުމެން ދުފަން ބޭނުންކުރާ ބިލަތް ހެދޭގޮތަށް ވެލެއްގޮތަށް ހެދޭ ބާވަތެއްގެ ގަހެކެވެ. ފަތްތަކުގެ ދިގުމިނުގައި އާންމު ގޮތެއްގައި 5- 10 ސެންޓިމީޓަރު ހުންނައިރު ބިލަތްމަލާ ވައްތަރު ގޮތަކަށް ހުންނަ ވަކިފޫ ގަސް ހެދެނީ އާންމުގޮތެއްގައި 13 ފޫޓުގެ ދިގުމިނަށެވެ. އަވައްޓެރި އިންޑިއާގައި މި ބާވަތުގެ ގަސް ހައްދަން ފަށަނީ ވާރޭވެހޭ މޫސުމާއި ދިމާކޮށެވެ. މިބާވަތުގެ ގަސް ހެއްދުމަށް ވަކިވައްތަރެއްގެ ގަސްކާނާއެއް ބޭނުމެއް ނުކުރެއެވެ. ގަސް އިންދުމަށްފަހު އެންމެ ފުރަތަމަ ފަހަރު […]
ޕްރޮފެސަރ އުގެއިލްގެ ލިޔުއްވުމެއް: ހިނީގެ އަޖައިބު ދިރިއުޅުމާއި، އިމާރާތްކުރާގޮތް!

ދުނިޔޭގައިވާ މަހްލޫގުންގެ ތެރެއިން ހިންޏަކީ މިސާލެއްނެތްފަދަ އަޖައިބުކުރަނިވި މަހްލޫގެކެވެ. ބައިބަޔަށް އެއްކޮށް ދިރިއުޅޭ މިކުދިކުދި ދިރޭ ތަކެތި ގިނައިން ފެންނަނީ އެތަކެއްޗަށް ބޭނުންވާ ކާނާތައް ހޯދުމުގައި އަވަދިނެތި މަސައްކަތް ކުރާތަނެވެ. ވަރަށް ގިނަހުރަސްތައް ގިރާކުރުމަށްފަހު ވެސް، ކާބޯތަކެތި ހޯދުމަށް ބުރަމަސައްކަތްކޮށް ހިނިތައް އުޅޭ އާދަޔާ ހިލާފް ދިރިއުޅުމަކީ އެކަން ދެކޭ ބަޔަކަށް ހައިރާންކަން ގެނެސްދޭފަދަ ދިރިއުޅުމެކެވެ. ހިނީގެ އާއިލާގެ ތަފާތު 12،400 ވައްތަރެއް މިހާތަނަށް ސައިންސްވެރިންވަނީ ހޯދާފަ އެވެ. ސައިންސްވެރިން ލަފާކުރާގޮތުން، ދުނިޔޭގެ އެންމެ ގިނަވައްތަރުގެ ޖަނަވާރު […]