ޒަޔާން: އަމިއްލައަށް ދަސްކޮށްގެން ވަނީ މިނީ ޕްރޮގްރާމްތަކެއް އުފައްދާފައި

މުހައްމަދު ޒަޔާން ހަސަން އަކީ ކޯޑިން އަށް ވަރަށް ޝައުގުވެރިކަން ހުންނަ އުމުރުން 14 އަހަރުގެ ކުއްޖެކެވެ. އައްޑޫ ސިޓީ ހިތަދޫ އަށް އުފަން ޒަޔާން ކިޔަވަމުން ދަނީ ހިތަދޫގައި ހުންނަ ހިރާ ސްކޫލުންނެވެ. މިފަހަރު ގުރޭޑް 7 ނިމުނު ޒަޔާން ވަނީ ކޯޑިން ބޭނުންކޮށްގެން މިނީ 3 ޕްރޮގްރާމެއް ތައްޔާރުކޮށްފައެވެ. " އަޅުގަނޑު ކޯޑިން އަށް ވަރަށް ޝައުގުވެރިވޭ. އެހެންވެ އިންޓަނެޓުން ސާރޗް ކޮށްގެން ދަސްކުރީ. އެންމެފުރަތަމަ ދަސްކުރީ ކޯޑިން ގައި ބޭނުންކުރާނެ ލެންގުއޭޖް. މިގޮތުން […]
އިބްރާހީމްގެ ހިތި ހަނދާންތައް: ބިރުވެރި ހާދިސާ އަށް ފަހު މީހަކު މަރުވި ގޮތް!

ދުވަސްވަރަކީ ރާއްޖޭގައި ލެޕްރަސީ އެންމެ ގަދަޔަށް ފެތުރުނު ދުވަސްވަރެވެ. އެއީ މީގެ ގާތްގަނޑަކަށް ހަތްދިހަ އަހަރުގެ ކުރިއެވެ. ރަށަކީ ދާންދޫ އާއި ކޮޑޭ، މިދެމެދުގެ ރަށެކެވެ. ނަމަކީ "ފުނަދޫ" އެވެ. މިދެންނެވި ބަލި ފެތުރުނު ދުވަސްވަރު މިބަލިޖެހިފައި ތިބި ހުވަދުއަތޮޅުގެ ހުރިހާ މީހުން ގެންގޮސް ބައިތިއްބަނީ ފުނަދޫ ގައެވެ. ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދެއެވެ. މާބޮޑު ބޭސްވެރިކަމެއް އެދުވަސްވަރު އެބައްޔަކަށް ނޯވެއެވެ. ބަލިމީހުން ތިބުމަށް އަޅާފައިވާ ގެތަކަކީ ވަރަށް އާދައިގެ ދަނޑިފަނުގެ ގެތަކެކެވެ. ގިނަ ގޭތަކުގައި ދޮރެއްވެސް ނުހުރެއެވެ. […]