ފުރިހަމައަށް ހިނައިގަންނާނެ ގޮތާއި، ކޮންމެހެން އެނގެން މުހިންމު މައުލޫމާތު!

ހިނައިގަތުމަކީ އަޅުކަމެކެވެ. މާތްﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާ ކުރުމަށް ކުރާ ކަމެކެވެ. އެކަލާނގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާ ކުރުމުން ޘަވާބު ލިބޭނެއެވެ. ހިނައިގަތުމަކީ ޘަވާބު ލިބޭ ކަމެކެވެ. ހިނައިގަތުމުގެ ހުކުމް: ހިނައިގަތުމަކީ ބޮޑު ހަދަޘްވެރިންގެ މައްޗަށް އޮތް ފަރުޟެކެވެ. އެފަދަ މީހުންނަކީ ހިނައިގަތުން ވާޖިބުވާ ހާލަތުގައި ތިބޭ މީހުންނެވެ. އެހެންކަމުން ފަރުޟު ނަމާދު ކުރުމާއި ޤުރުއާންގައި ބީހުން ފަދަ އަޅުކަން ކުރެވޭނީ ހިނައިގަތުމަށްފަހުއެވެ. ހިނައިގަތުމަކީ ބައެއް ޙާލަތުގައި ވާޖިބެކެވެ. އަދި ބައެއް ޙާލަތުގައި މުސްތަޙައްބު (ސުންނަތް) […]