ޒީދަތުރު: ކުޑައިރުގެ އުފާވެރި ހަނދާންތައް އާވުމުން ލޮލުން ކަރުނަ އާދޭ!

ހަނދާނަށް އަންނަނީ އަވަށްޓެރި ގެތަކުގެ އެއްއުމުރެއްގެ ކުދިންނާއިއެކު ކުޅެއުޅުނު ދުވަސްތަކެވެ. ކުޑައިރު ކިޔައިއުޅޭ ގޮތުންނަމަ 'ޗުއްކަންނާރާ'، 'ފަސައްބަހަ' މިއީ އެންމެ ފޯރީގައި ކުޅެއުޅުނު ކުޅިވަރެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރަށަށް ނާދެވި ދުވަސްތަކެއް ވޭތުވުމަށްފަހު މިއައީ ވަރަށް އުފަލުންނެވެ. އެހެންނަމަވެސް ބަލާލި ކޮންމެ ދިމާލަކުން ފެންނަންހުރި ގިނަ ގެތަކަކީ މިހާރު މީހުން ދިރިނުއުޅޭ ގެތަކެވެ. ބައެއް ގޭގޭގައި ބަންގްލަދޭޝް މީހުން ދިރިއުޅެމުން އަންނައިރު ގިނަގެތައް ހުރީ ހުހަށެވެ. މަދު ގެއެއްގައި އުމުރުން ދުވަސްވީ މައިންބަފައިން އުޅެމުންދާ އެކަނިވެރި […]