އިބިލީސް ވަސްވާސް ދޭން ފެށިގޮތުގެ ވާހަކަ!

ކީރިތި ޤުރްއާނުގައި އާދަމް ޢަލައިހި ސަލާމްގެ ވާހަކަ އެތައް ފަހަރަކު ﷲ ބަޔާންކުރައްވައެވެ. އެކަމަކު އެކަލޭގެފާނުގެ ވާހަކަ ތަފުސީލުކޮށް ބަޔާންކޮށްދެއްވާފައި ވަނީ ބަޤަރާ ސޫރަތާއި އަޢުރާފް ސޫރަތުގައެވެ. މިވާހަކަ ބަޤަރާ ސޫރަތުގައި ތަފުސީލުކޮށްދެއްވާފައި ވަނީ މަލާއިކަތް ބޭކަލުންގެ ނަޒަރުންނެވެ. އެކަމަކު އަޢުރާފް ސޫރަތުގައި މިވާހަކަ ބަޔާންކޮށްދެއްވަނީ އިބިލީހުގެ ވިސްނުމުންނެވެ. އެހެންކަމުން ކީރިތި ޤުރްއާނުގައި ﷲ އާދަމްގެފާނުގެ ވާހަކަ ތަފުސީލުކޮށްދެއްވާފައި ވަނީ މުޅިން ތަފާތު ދެ ދިމާއަކުން ދެ މަންޒަރު ދައްކަވަމުންނެވެ. އިންސާނާ ޚަލްގުކުރެއްވި ދުވަހުން ފެށިގެން އޭނާ […]