ހިޖުރައިން ލިބޭ މަތިވެރި ފިލާވަޅުތައް

ހިޖުރައިން ލިބޭ ފިލާވަޅަކީ އުނދަގޫ ވަގުތުގައިވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަމާއިއެކު ތިބޭނެކަމުގެ ފިލާވަޅެވެ. ރަސޫލާއާ އަބޫބަކުރުގެފާނު ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިއްބެވިއިރު އަބޫބަކުރުގެފާނު ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް އަށް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. މައްކާގެ މުޝްރިކުންގެ މީހަކު ގުދުވެ އެމީހުންގެ ފައިތިލަދަށަށް ބަލައިލި ނަމަވެސް ތިމަންބޭކަލުން މިތިއްބެވި ތަން ފެންނާނެއެވެ. ފަހެ މިހިނދު ރަސޫލާ ޙަދީޘް ކުރެއްވި އާޔަތުގެ މާނައިގައިވެއެވެ. " އޭ އަބޫބަކުރުގެފާނެވެ. ތިމަންމެން ދެބޭލަލުން އެކަނި ތިއްބެވިކަމަށް ހީފުޅު ނުކުރައްވާށެވެ. […]