ވީޑިއޯ ރިޕޯޓް ހުވަދުއަތޮޅު ބަހުރުވައިން: ޕިކްނިކަޓެ އެޔަންނަޓެ އެކެލޮންޑާ ވަރެކެނެތި!

ދަނޑުވެރިކަން ކުރުމަށާއި ޕިކްނިކް ދިއުމަށް ޚާއްސަ އެކެލޮންޑާ!

ހުވަދުއަތޮޅުގައި ވަރަށްގިނަ އަދަދެއްގެ ފަޅުރަށްތައް ހުރިއިރު މީގެތެރެއިން ގިނަ ރަށްރަށަކީ ގުދުރަތީގޮތުން ވަރަށް ރީތި ރަށްތަކެކެވެ. ގދ.އަތޮޅު ފަރެސްމާތޮޑާ ކައިރީގައި އޮންނަ 'އެކެލޮންޑާ' ކިޔާ ރަށަކީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ރަށެކެވެ. މިރަށް ބެލެހެއްޓުމަށް ޚާއްސަ މީހަކު ހުންނައިރު، މިރަށަށް ޕިކްނިކް ދެވެނީ ވަކި އުސޫލެއްގެ ދަށުން ރަށުގެ ވެރިފަރާތުގެ ހުއްދަ ލިބިގެންނެވެ. އެކެލޮންޑާ ބެލެހެއްޓުމުގެ މަސައްކަތްކުރާ ޝަމީމް އަލީ މައުލޫމާތުދިންގޮތުގައި މިރަށުގެ ބައެއް، ޕިކްނިކް ދާމީހުންނަށް ޚާއްސަކޮށްފައިވާއިރު މިހާރުވެސް ވަރަށްގިނަ މީހުން ދަނީ ޕިކްނިކަށް […]