ޕްރޮފެސަރ އުގެއިލްގެ ލިޔުއްވުމެއް: މާބަނޑު ދުވަސްވަރު ހެލިފެލިވެ އުޅުމުގެ މުހިންމުކަން!

އަޅުގަނޑު ކުޑައިރު، 1970ގެ އަހަރުތަކުގައި، ރަށުގައި އުޅޭ އުމުރުން ދުވަސްވީ މީހުން ދީ އުޅޭ ނަސޭހަތެއް އޮވެއެވެ. އެއީ ހެލިފެލިވެ އުޅުމުގެ މުހިންމު ކަމުގެ ވާހަކައެވެ. ޚާއްސަކޮށް މާބަނޑު އަންހެނުން ހެލިފެލިވެ އުޅުމުގެ މުހިންމު ކަމުގެ ވާހަކައެވެ. އަދި ވަކިން ޚާއްސަކޮށް މިކަމާގުޅޭގޮތުން އަޅުގަނޑުގެ މަންމަ ރައްޓެހިންނަށް ނަސޭހަތެއްގެ ގޮތުން ހިއްސާކުރާ ވާހަކައެއްވެސް ހަނދާން އެބަހުއްޓެވެ. އެއީ، އޭރު ހަވާދު ފުނޑަން ބޭނުންކުރާ ފޮއި މާބަނޑުމީހުން ދުވާލަކު ދެތިން ފަހަރު އުފުލާ އުޅުމުގެ މުހިންމު ކަމުގެ ވާހަކައެވެ. […]