އަނީސާ: ކުނާ ވިޔުމުގައި ދިމާވާ ގޮންޖެހުންތަކާއި ދޭން ބޭނުންވާ މެސެޖު!

ތުނޑުކުނާ ވިޔުމަށް އެންމެ މަޝްހޫރު ރަށް ކަމުގައިވާ ގދ. ގައްދޫ އަށް އުފަން އަނީސާ މުހައްމަދަކީ ހުރިހާ ޑިޒައިނެއްގެ ކުނާ ވިޔަން އެނގޭ މީހެކެވެ. 1970 ވަނަ އަހަރު ކުނާ ވިޔުމުގެ މަސައްކަތް ފެށި އަނީސާ މެދުކެނޑުމެއް ނެތި މިމަސައްކަތް ކުރާތާ މިވަނީ 50 އަހަރުވެފައެވެ. ގދ. ގައްދޫގައި ކުނާ ވިޔުމުގެ މަސައްކަތް ކުރަމުން ދިޔައިރު ކައިރީގައި ބަލަން ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ހިތަށް އެރިއެވެ. "މިއީ އަޖައިބެއްފަދަ ހުނަރެކެވެ." 'ޒީޓައިމްސް' އަށް މައުލޫމާތު ދެމުން […]