އެވޭލާ ހާދިސާ: ލުތުފީގެ ހުވަދޫ ދަތުރުގައި ފެނުނު ބިރުވެރި މަންޒަރު!

ދުވަސްވަރަކީ ރާއްޖޭގެ ރަށްރަށުގެ މަގު ހެދުގެ ޕްލޭން ސަރުކާރުން ފެށުމަށް މަސައްކަތް ކުރަމުންދިޔަ ދުވަސްވަރެވެ. އެއީ 1950 ވަނަ އަހަރުގެ ކުރީކޮޅެވެ. މިދެންނެވި ޕްލޭނާއި އެއްގޮތަށް މަގުހެދުމަށް ބޭނުންވާ ތަޖުރިބާކާރު ބޭފުޅުން އައްޔަން ކުރެވިއްޖެއެވެ. އެކި އަތޮޅުތަކަށް އެކި ބޭފުޅުންނެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ ހުރިހާ ރަށެއްގައިވެސް ބޮޑެތި މަގު ނުހުރެއެވެ. ހުންނަނީ ވަރަށް ހަނިހަނި ގޯޅިތަކެކެވެ. ރާއްޖޭގެ ހުރިހާ ރަށެއްގެ އެއިރުގެ ހާލަތަކީ އެއީކަމަށް ވެއެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މަގު ހަދައިދިނުމަށް ސަރުކާރުގެ ކަމާއިގުޅުންހުރި […]