މައްޔިތާއަށް ދަރުމައާއި ޘަވާބު ލިބޭނީ ކޮންކަމަކުން ހެއްޔެވެ؟

ޢާއިލާ މީހަކު ނުވަތަ ރަޙުމަތްތެރިއަކު މަރުވުމުން ދަރުމައާއި ޘަވާބަށް އެދި ވަރަށް ގިނަ ކަންތައްތަކެއް ކުރެއެވެ. މި ހުރިހައި ކަމެއްކުރަނީ މައްޔިތާއަށް ހެޔޮ އެދިގެންނެވެ. މާތްﷲގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދި ކުރަންވާނީ ދީނުގައި ޝަރުޢު ކުރައްވާފައިވާ ކަމެކެވެ. އިސްލާމްދީނުގައި ކުރުމަށް އަންގަވާފައިނުވާ ކަމެއް ކުރުމަކުން މައްޔިތާއަކަށް އެއްވެސް ދަރުމައެއް ޘަވާބެއް ނުލިބޭނެއެވެ. މަރުވެފައިވާ މައްޔިތާއަށް އޭގެ ދަރުމަ އާއި ޘަވާބު ލިބޭނެ ކަންތައްތަކެއް ޙަދީޘްގައި ބަޔާން ކުރެވިގެންވެއެވެ. މައްޔިތާގެ ދަރަނި އަދާ ކޮށްދިނުން: މީހަކު މަރުވާއިރު، […]