ފޮތް ގާޑިޔާ: ހިތްހަމަޖެހޭ މާހައުލަކުން ލިބޭ އަގުހުރި ފުރުސަތެއް!

ސާފުވައި ލިބޭ ހިތްފަސޭހަ މައިދާނަކަށް ދިޔުމުގެ ބޭނުމުގައި ހުޅުމާލޭގެ ބީޗަށް ދިޔައިރު ލޮލުގައި އަޅައިގަތީ އިހުޒަމާނުއްސުރެ ދިވެހިން އަތިރިމަތީގައި ހަދާފައި ހުންނަ އޮޑި ހަރުގެއާއި ވައްތަރު ގޮތަކަށް ތައްޔާރުކޮށްފައިވާ ހަޓެއްގައި ހުރި ގާޑިޔަލެކެވެ. މިއީ ރާއްޖޭގެ ރަށެއްގެ ބީޗެއްގައި މިފަދަ ގޮތަކަށް ފޮތް ބަހައްޓައިފައި ހުރި ފުރަތަމަ ގާޑިޔާއަށްވުން އެކަށީގެންވެއެވެ. ހިތްފަސޭހަ މާހައުލެއްގައި ފޮތެއް ކިޔާލުމުގެ ޝައުގުވެރިކަން އުފެދުނު ބޮޑުކަމުން މިގާޑިޔާގެ ހަގީގަތް ހޯދާލާހިތްވިއެވެ. ފޮތް ގާޑިޔާ ބަހައްޓާފައި ހުރި ހަޓު ގާއިމްކޮށްފައިވަނީ ވާރޭވެހުނަސް ފޮތްތައް ހަލާކުނުވެ، […]