ޕްރޮފެސަރ އުގެއިލްގެ ލިޔުއްވުމެއް: ހިސާބު ޢިލްމާއި ކުރެހުންތެރިކަމުން މުސްލިމުންގެ ހުނަރުވެރިކަން

ހިސާބު ޢިލްމު ފަދަ މުހިންމު ޢިލްމެއް ދުނިޔެއަށް ތަޢާރަފް ކުރުމުގައި މުސްލިމުން ކުޅެފައިވާ ރޯލަކީ އެއްވެސް މުސްލިމަކަށް އޮޅިފައިވާނެ ކަމެއް ނޫންކަން ކަށަވަރެވެ. އަދި މިކަމަކީ މިވަގުތު ދުނިޔޭގެ މިފަދަ ދާއިރާތަކުން ކުރިއަރާފައިވާ މުޖުތަމަޢުތަކުގައި ވެސް މުސްލިމުންނަށް ގިނަގުނަ ތަޢުރީފު ލިބޭ ކަމެކެވެ. މުސްލިމުން އިންސާނިއްޔަތަށާއި ދުނިޔެއަށް ތަޢާރަފު ކުރި ހިސާބު އަދި ނުޖޫމީ ޢިލްމުގެ ބާވަތްތަކާއި، ކުރެހުންތެރިކަން އަދި އިމާރާތް ފަރުމާކުރުން ފަދަ ކަންކަމަކީ މިހާރުގެ ދުނިޔެ ހުނަރުވެރިކަމުގެ ރޮނގުން ކުރިއެރުމަށް އެޅުނު މުހިންމު ބިންގާތަކެއް […]