ދިވެހި ބޭސްވެރިކަމުގައި ބޭނުންކުރާ ވައިގުގޫ މިއީ ކިހިނެއް ބޭނުންކުރާ އެއްޗެއް؟

ވައިގުގޫ ނުވަތަ ފްރެންކިންސެންސް، ބޮސްވެލިއާ ގަހަކީ އާންމު ގޮތެއްގައި 25 ފޫޓުގެ އުސްމިނަށް ހެދޭ، މެދުއިރުމައްޗާއި، އެފްރިކާ އަދި އިންޑިއާގައި އާންމުކޮށް ހައްދާ ބާވަތެއްގެ ގަހެކެވެ. ފަތެއްގެ ދިގުމިނުގައި ހުންނަނީ 20-25 ސެންޓިމީޓަރެވެ. ވައިގުގޫ އަކީ މިގަހުގެ ތޮށިގަނޑު ކަނޑާލުމުން ނިކުންނަ އޮލަކޮށް ކިރު ގޮތަށް ހުންނަ އެއްޗަކުން އުފައްދާ އެއްޗެކެވެ. ކޮންމެ 15 ދުވަހަކުން މިގޮތަށް ކިރު ނަގަމުންދެއެވެ. ވައިގުގޫގެ ސައިޒަށާއި ކޮލިޓީއަށް ބެލުމަށްފަހު ތަފާތު ކޮލިޓީގައި ގްރޭޑް ކޮށްފައި ހުރެއެވެ. އެންމެ ކޮލިޓީ ވައިގުގޫ […]