ޢަލީ ތަކުރުފާނުގެ ޒިޔާރަތް: އިސްތަށިފުޅު ހިފައިގެން ދިޔައިރު ހަށިކޮޅު އޮތްތަން

ހއ. ތަކަންދޫ ގައި ހުންނަ 'ޢަލީތަކުރުފާނު ޒިޔާރަތަކީ' އުތީމު ޝަހީދު ޢަލީ ތަކުރުފާނުގެ ހަށިކޮޅު ފަސްދާނުލެވިފައިވާ ޒިޔާރަތެވެ. ތަކަންދޫ އަކީ އުތީމު އަލްޚަތީބު ޢަލީ ތަކުރުފާނު ދިރިއުޅުއްވި ރަށެވެ. މިއީ އެތަކުރުފާނުގެ އަނބިކަނބަލުންގެ ރަށެވެ. ޕޯޗުގީޒުންގެ މަލާބާރު ސިފައިން އެތަކުރުފާނު ޝަހީދުކޮށްލީ މިރަށުގައި އުޅުއްވަނިކޮށެވެ. " ބުރިބުރިކޮށްލައިގެން މާލެ ގެނެވުނު އިސްތަށިފުޅު ވަޅުފުޅުލެވިފައި ވަނީ ކ.ފުނަދޫގަ. މިކަން ހިނގައިފައިވަނީ ހިޖުރީ ސަނަތުން 980 ވަނަ އަހަރުގައި. މި ޒިޔާރަތް ހުޅަނގުގައި ޢަލީ ތަކުރުފާނު އިންދެވި ކަމަށް ބުނާ […]