ކުޑަކުދިންގެ ހާދިސާ: މުސަޅާއި ކެރެޓު

ދަނޑު ހައްދާ ހިސާބެއްގައި އުޅޭ މުސަޅެއް ބަނޑުހައިވެގެން ކާއެއްޗެއް ފެނޭތޯ ދަނޑު ވަށައިގެން ހޯދަމުން ދަނިކޮށް ކެރެޓް ދަނޑެއްގެ ކައިރީގައި ފުންޏަކަށް ކެރެޓް ބަހައްޓާފައި ހުއްޓާ ފެނުނެވެ. ކުޑަވަރެއްގެ ފިރިހެން ކުއްޖަކު ކެރެޓްފުނި ކައިރީގައި އިށީނދެލައިގެން އިނެވެ. މުސަޅު ހިތާހިތާ ކިޔާލިއެވެ. މިކުއްޖާ ހައްލާލައިގެން ކެރެޓެއް އަތުލަންވީއެވެ. ދެން މުސަޅު ކެރެޓްފުންޏާއި ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން އޮވެ އެކުއްޖާ އަށް ގޮވާލިއެވެ. މުސަޅު: އޭބަލަ ކޮއްކޯ! ކޮއްކޮ އެކަނި ތިޔައިނީ ކީއްވެތަ؟ އެކުއްޖާ: ބައްޕަ ދިޔައީ ކެރެޓް […]