ޕްރޮފެސަރ އުގެއިލްގެ ލިޔުއްވުމެއް: ދަރިން ތަރުބިއްޔަތު ކުރާނެ ގޮތާމެދު ތަފާތު ޚިޔާލެއް!

ދަރިންނަށް އަޅުގަނޑުމެން އެންމެންވެސް ދޭ ނަސޭހަތެއް އޮވެއެވެ. އެއީ ކުޑައިރުއްސުރެން ފެށިގެން މަދަރުސާއިންނާއި މަތީ ތައުލީމު ފޯރުކޮށްދޭ އެހެނިހެން ތަންތަނުން ރަނގަޅަށް ކިޔަވައި މޮޅުމީހަކަށްވާން މަސައްކަތް ކުރުމެވެ. އެއަށްފަހު ރަނގަޅު ވަޒީފާއެއް ހޯދައި ޒަވާޖީ ހަޔާތެއްގައި ދިރިއުޅުން ވޭތި ކުރަން މަސައްކަތް ކުރުމެވެ. މިއީ އުފާވެރި ދިރިއުޅުމަކަށް މަގު ދެއްކުމަށް އަޅުގަނޑުމެން ދަރިންނަށް ދޭ ނަސޭހަތެކެވެ. އެހެންނަމަވެސް މިކަމާ ވިއްދައިގެން ހިތަށް އަރާ ސުވާލެއް އެބައޮތެވެ. އެއީ މިމޭރުމުން ދިރިއުޅުމާމެދު ވިސްނަން ދަސްކޮށްދިނުމަކީ އުފާވެރި އަދި ފާގަތި […]