ދެފައި ބުރިކުރި ކަމުގައިވިޔަސް އުފާވެރި ދިރިއުޅުމެއް އުޅެވިދާނެކަން ހުލްޔާ ދަނީ ސާބިތުކޮށްދެމުން!

ތަފާތު ހުނަރުވެރިން ދުނިޔޭގައި އުޅޭއިރު، އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ މިކަހަލަ މީހުން ކުރިއަރަން ބޭނުންކުރަމުން އަންނަ ވަސީލަތަކަށް ވަނީ ވެފައެވެ. އެގޮތުން އިންސްޓަގްރާމްގައި އުޅޭ ހުލްޔާގެ ވާހަކައަށް ބަލާއިރު، ހުލްޔާއަކީ އުފެދުމުގައިވެސް އަތްތިލައިގައި އުނިކަމެއް ހުރި މީހެކެވެ. އަދި އުމުރުން 18 އަހަރުގައި ހުލްޔާވަނީ އޭނާގެ ދެފައި ބުރިކޮށް އޮޕަރޭޝަނެއް ކޮށްފައެވެ. މިއީ އުފެދުމުގައި އޭނާގެ ގައިގައި ހުރި ބައްޔެއްގެ ސަބަބުން ފައިބުރިކުރަން މަޖުބޫރުވެގެން ކުރި އޮޕަރޭޝަނެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އާންމު […]