ދޮގު ޚަބަރު ފަތުރާ، މީހުންގެ އަބުރު ކަތިލާއިރު ވިސްނާލަމާ!

ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވެބްސައިޓްތަކާއި ޓީވީތައް ވަރަށް ގިނައެވެ. މީގެތެރެއިން ބައެއް ތަންތަނުން ޚަބަރާއި މަޢުލޫމާތު ގެނެސްދެނީ އެދެވިގެންވާ ގޮތަކަށް ނޫނެވެ. ކަޑައެޅިގެން ޒާތީގޮތުން މީހުންނާއި ޖައްސާލާ އެމީހުންގެ އަބުރު ކަތިލާ ދޮގު މައުލޫމާތު ގެނެސްދިނުން މިވަނީ އާދައަކަށް ވެފައެވެ. އެންމެފަހުން މިއަދުގެ ހުކުރު ޚުތުބާގައި މިވަނީ ވަރަށް ރަނގަޅު ނަސޭހަތްތަކެއް ދީފައެވެ. ނޫސްވެރިންނާއި ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން އަދާކުރަމުން އެދަނީ ވަރަށްބޮޑު ދީނީ އަދި ޤައުމީ ވާޖިބެއް ކަމަށާއި، އެއްވެސް އޮޅުވާލުމެއްނެތި ކަމުގެ ހަޤީޤަތާއި އެއްގޮތަށް […]