ކިނބިދޫ ވޭރު: ބައެއް އާޘާރީ ތަކެތި ވަނީ މާލޭ ދާރުލްއާޘާރުގައި!

ތ.ކިނބިދޫ ގައި ވޭރު ކިޔާ ވީރާނާވަމުންދާ ތަނެއް ރަށުގެ އިރުމަތީ ފަރާތުގައި ހުރެއެވެ. މިތަނުގެ ވަށަމިނުގައި ކުރިން 245 ފޫޓު ހުރިއިރު އުސްމިނަކީ 29 ވަރަކަށް ފޫޓެވެ. މިއީ ކޮންކަހަލަ ތަނެއްތޯ ބެލުމަށް 1958 ވަނަ އަހަރު ސެޕްޓެމްބަރ މަހު 23 ވަނަ ދުވަހު އަލްމަރުޙޫމް މުޙައްމަދު އިސްމާޢީލު ދީދީ މިތަން ކޮންނަވައިފައިވެއެވެ. " މި މަސައްކަތްޕުޅުގެ ރިޕޯޓެއް ދިވެހި ތާރީޚަށް އައު އަލިކަމެއް، މިފޮތުގައި ކުރެހުންތަކާއި ފޮޓޯތަކާއި އެކު ވަނީ ޝާއިޢުކޮށްފައި. އެއިރު މިތަނުން ފެނުނު […]