ތަޝްކީލް: ލޯބިވާ މަންމަގެ އެހީތެރިކަމާއި އެކު ކާމިޔާބު ދަރިއަކަށް

އަންހެނަކަށް ކުރާނެ އިހުސާސް އެންމެ ރަނގަޅަށް އެނގޭނީ އަންހެނަކަށޭ ބުނާ ގޮތަށް، އަންހެން ދަރިފުޅަކަށް އެންމެ ބޮޑު އެހީތެރިކަމެއް ވެވޭނީ މަންމައަށް ކަން މިއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އާއިޝަތު ތަޝްކީލް އާންމުކޮށްކިޔާ ނަމުން ނަމަ ތައްކި ބުނަނީ، އޭނާގެ އެންމެ ބޮޑު ސަޕޯޓް ސިސްޓަމަކީ މަންމަކަމަށެވެ. އެންމެ ކުޑައިރުން ފެށިގެން މަންމަ ބުނަމުން އަންނަނީ ކިޔެވުން ހުއްޓާނުލުމަށެވެ. ކިޔަވަން ލިބޭ ފުރުސަތުތައް ބޭނުންކުރުމަށް އަބަދުވެސް ނަސޭހަތްދޭކަމަށް އޭނާ ބުނެއެވެ. ކައިވެނި ކުރިފަހުން ކިޔެވުމަށް ބޭނުންވާ […]